Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

"ގެތަކަށް ޓަކި ޖަހަމުން އަންނަ ވަޒީފާގައި ތިބެވޭތޯ މަސައްކަތް ކުރައްވާ"

ގެތަކަށް ޓަކި ޖަހަމުން ވަޒީފާގެ ފުރުސަތު އައީމަ އެ ވަޒީފާތަކުގައި ދެމިތިބުމަށް މަސައްކަތް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ކުޑަހުވަދޫގައި އެޅި، ދާލު އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ކުޑަހުވަދޫގެ ރައްޔިތުންނަށް އިންވެސްޓްމަންޓްތަކަށް ފުރުސަތު ތަކަށް ޖާގަ ދިނުމަށާޢި އަދި އެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް އިހްތިރާމާއި ލޯބި ދިނުމަށް ގޮވާލައްވާފައެވެ.

" ގެތަކަށް ޓަކި ޖަހަމުން ވަޒީފާގެ ފުރުސަތު އައީމަ އެ ވަޒީފާތަކުގައި ދެމިތިބެވޭތޯ މަސައްކަތް ކުރައްވާށޭ. އެ އިންވެސްޓްމަންޓްތަކަށް ޖާގަ ދެއްވާށޭ"

ރައީސް ޔާމީން ވިދާޅުވީ، ދާލު އެއާޕޯޓާއި އެކު އެ ސަރަހައްދުގެ ޓޫރިޒަމަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށާއި މިކަންކަމަކީ ޒުވާނުން ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

މިހާތަނަށް ވެސް ކުޑަހުވަދޫއަށް އެކަނި280 މިލިއަން ރުފިޔާގެ އިންވެސްޓްކުރެވިފައިވާ ކަމަށާއި ދައުރު ނިމިގެން ދާއިރު އެ އަދަދު 300 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.