Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

އެމްއެންޑީއެފުން ހުޅުދޫގައި އާއިލީ ހަވީރެއް ބާއްވަނީ

ކުޑަކުދިންގެ ހަވީރެއްގައި ސިފައިންގެ އޮފިސަރަކު ހަރަކާތްތެރިވަނީ-

މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ހުޅުދޫގައި އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި އާއިލީ ހަވީރު އޮންނާނީ މަމަހުގެ 4 ވަނަ ދުވަހުގެ ހަވީރު ސ.އަތޮޅު މަދުރަސާގައެވެ.

މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހަމަ ގަޑީގައި ސ.އަތޮޅު މަދުރަސާގައި އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިފޮޓޯ މައުރަޒެއް ވެސް އޮންނާނެއެވެ. މި ފޮޓޯ މައުރަޒަކީ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އިން އިންތިޒާމުކޮށްގެން ބާއްވާ ފޮޓޯ މައުރަޒެކެވެ.