Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

ރައީސްގެ ދަރިކަލުންނަށް އެޕާޓްމަންޓެއް ދިނުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނަށް ސަރުކާރުގެ އިމާރާތަކުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ވަނީ ރައީސްގެ ދަރިކަލުން ޒެއިނަށް ކުއްޔަށްދިން އެ އެޕާޓްމަންޓްގެ ކުލި ޖޫރިމަނާ އަކާއި ނުލައި ނެގުމަށް ކޮމިޝަނާ އޮފް ޓެކްސޭޝަނަށް އަންގާފައިވާ ކަމަށެވެ.

އޭސީސީން އާންމު ކުރި ރިޕޯޓުގައި އެ މައްސަލައިގެ ތަފްސީލް ހާމަކޮށްފައި ނުވާއިރު އެއީ ސަރުކާރުގެ ކޮން އިމާރާތަކުން ދިން އެޕާޓްމަންޓެއް ކަން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އޭސީސީ އިން ނިންމާފައި ވަނީ ޒެއިނަށް އެ އެޕާޓްމަންޓް ދީފައި ވަނީ ފިނޭންސް މިނިސްޓްރީގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.