Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް ހުޅުދޫ ކުއްޖަކު ގެއްލިގެން ހޯދަނީ

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް ސ.ހުޅުދޫ އަންހެން ކުއްޖަކު ހޮސްޕިޓަލުން ފިލައިފިއެވެ. ފުލުހުން ބުނީ ފިލައިގެން އުޅެނީ ސ.ހުޅުދޫ، މަދަރުސާދޮށުގޭ، ޝަބާ އަލީ ރަޝީދު (15އ)އެވެ.

ފުލުހުން ބުނީ ޝަބާ ޢަލީ ރަޝީދު އެންމެފަހުން ފެނިފައިވަނީ ރޭ 10:53 ހާއިރު އައި.ޖީ.އެމް ހޮސްޕިޓަލު ތެރެއިން ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިރޭ ވިދާޅުވީ އަންހެން ކުއްޖާ ފިލީ އެޑްމިޓްކޮށްފައި އޮއްވައި ކަމަށާއި އަދި އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެ ކުއްޖާގެ އާއިލާއިން ކަމަށެވެ.

އަންހެން ކުއްޖާ އެޑްމިޓްކޮށްފައި އޮތީ ކީއްވެގެންތޯ ސުވާލު ކުރުމުން ޒީނަތު ވިދާޅުވީ "ބަލީގެ ތަފްސީލް ދެއްވާނީ ޖެންޑާއިން" ކަމަށެވެ.

ފުލުހުން ބުނީ ޝަބާ ޢަލީ ރަޝީދު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.