އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ސައުތު ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ފުރަތަމަ ޑަބްލިއުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕްގެ ތަށި މީދޫ ވޮލީ ޓީމުން އުފުލާލައިފިއެވެ.
މީދޫ ތަށި ނެގީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި މަރަދޫފޭދޫ ޓީމާއި ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ މީދޫ ޓީމްގެ ޖޯޒީ ނަންބަރ 5 މަރިޔަމް ހަސަންއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަ ތައް ގެންދިޔަ ކުޅުންތެރިންނާއި ޓީމްތަކަށް ވަނީ ތައްޓާއި ސެޓްފިކެޓް ދީފައެވެ.

1- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަރަދޫފޭދޫ ޓީމްގެ ޖޯޒީ ނަންބަރ 15 އާމިނަތު އަޒީމާއެވެ.
2- އުއްމީދީ ކުޅުންތެރިއަކީ ފޭދޫ ޔޫތު ކޮމިއުނިޓީ ޓީމްގެ ޖޯޒީ ނަންބަރ 5 މަލްދާ މައްސޫދުއެވެ.
3= މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން
* އާމިނަތު ރާޝިދާ- މަރަދޫފޭދޫ ޓީމް
*މަރިޔަމް ހަސަން _ މީދޫ ވޮލީ ޓީމް
* މަލްދާ މައްސޫދު – ފޭދޫ ޔޫތު ކޮމިއުނިޓީ
*އާމިނަތު ޝަފީނާޒު – ފޭދޫ ހެލްތު ސެންޓަރ
*މަރިޔަމް ނާހިދާ – މީދޫ ވޮލީ ޓީމް
* މަރިޔަމް އަޒީމާ- މަރަދޫފޭދޫ ޓީމް
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މީދޫ ޓީމްގެ މުހައްމަދު ޔާސީން
ފެއާ ޕްލޭ ޓީމަކީ މަރަދޫ ފޭދޫ ޓީމް
އެންމެ މޮޅު މެނޭޖަރަކީ ޝަފީގާ ރާމިޒު، މަރަދޫފޭދޫ ޓީމް
މު މުބާރާތުގެ ތިން ވަނަ ޓީމަކީ ފޭދޫ ޔޫތު ކޮމިއުނިޓީ ޓީމެވެ.