ގްލޯބަލް ލިންކްސް ޗެލެންޖް ކަޕްގައި މިއަދު ހަވީރު މަލްޓީ ޖީނިއަސް ސިޓީ އަދި އެމްސީ ޔުނައިޓެޑް ކުޅުނު ފޯރިގަދަ މެޗް 2-3 ލަނޑުން އެމްސީ ޔުނައިޓެޑް އިން ކާމިޔާބްކޮށްފިއެވެ. އެމްސީ ޔުނައިޓެޑް މޮޅުވި ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗް ނިމެން އުޅެނިކޮށް މެޗްގެ މޮޅުކުޅުންތެރިއާގެ މަގާމް ހޯދި އެމްސީ ޔުނައިޓެޑްގެ ޖޯޒީ ނަންބަރު 17 އަބްދުﷲ ރަޝީދުއެވެ.
މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 51 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ އަބްދުﷲ ރަޝީދުއެވެ. މަލްޖީ ޖީނިއަސް އިން އެއްވަރުވި ލަނޑު މެޗްގެ 63 ވަނަ މިނިޓްގައި ކާމިޔާބް ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 19 މިފްޒާލު ލަޠީފުއެވެ. އަދި މެޗްގެ 70 ވަނަ މިނިޓްގައި މަލްޓީ ޖީނިއަސްގެ ޖޯޒީ ނަންބަރު 13 އަހުމަދު ޝާފިއު ލަނޑެއް ޖަހައި އެޓީމަށް ލީޑު ހޯދައި ދިނެވެ.
އެމްސީ ޔުނައިޓެޑުންވަނީ މެޗްގެ 80 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-2 ބަދަލުކުރިއެވެ. އަދި މެޗްގެ 88 ވަނަ މިނިޓްގައި އަބްދުﷲ ރަޝީދު ލަނޑެއް ޖަހައި އެމްސީ ޔުނައިޓެޑް މޮޅުކޮސްދިނެވެ.
މިއަދުގެ މެޗްގައި މަލްޓީ ޖީނިއަސް ސިޓީއަށް ރާއްޖެއަށް ރަންމެޑެލް ހޯދައި ދިން ގޯލު ޖެހި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ކުޅުނެވެ.
މާދަމާ މުބާރާތުގެ 4 ވަނަ މެޗްގައި ބައްދަލު ކުރާނީ ރިވަރިން ސްޕޯޓްސް އާއި މަރަދޫ ޔުނައިޓެޑް އެވެ. މެޗް ފަށާގަޑިއަކީ ހަވީރު 4:15 އެވެ.