Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ފުލުހުން އައްޑޫގައި ބައިސްކަލާ އެކު

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ ޕެޓްރޯލިން ހަރަކާތްތަކުގައި ބައިސްކަލް ބޭނުން ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ޕެޓްރޯލް ކުރަން ގަން ޕޮލިސް ސްޓޭޝަނާއި ހުޅުމީދޫގައި ޕޮލިސް ސްޓޭޝަންގައި ބައިސްކަލް ބޭނުން ކުރާނެ ކަމަށެވެ.

މިކަން ރަސްމީކޮށް ފެށުމުގެ ގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ގަމުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި ތިމާވެއްޓަށް މަސައްކަތް ކުރާ ނަލަފެހި ޖަމިއްޔާ ހައުސިން މިނިސްޓްރީ އާއި އެސްޓީއޯ އާއި އަދި ސަރުކާރުގެ އެހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުން ބުނީ ރަށުގެތެރެ ޕެޓްރޯލް ކުރުމުގައި ފުލުހުން ބައިސްކަލް ބޭނުން ކުރަން ނިންމީ ވެށްޓާ ގުޅޭ ގޮތަށް، ފަސޭހަކޮށް އެކަން ކުރުމާ އެކު، ބައިސްކަލް ބޭނުން ކުރުމުގެ އާދަ ވެސް އަށަގެންނެވުމުގެ ގޮތުން ކަމަށެވެ.