މާލެއިން ވިއްކަން ހައުސިން މިނިސްޓްރީން ކަނޑައެޅި ބިމުގެ މުއްދަތު ހަމަވިއިރުވެސް ގަންނާނެ ފަރާތެއް ނުވިކަން އެނގިއްޖެއެވެ.
ހައުސިން މިނިސްޓްރީން ބިން ވިއްކަން ދެވަނަ ފަހަރަށް ހުޅުވާލީ ކުރީ ފަހަރަށްވުރެވެސް އަގު ދަށްކޮށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ބިން ގަންނާކަށް ބޭނުމެއް ނުވިއެވެ.
ހައުސިން މިނިސްޓްރީން 19 ބިމެއް ވިއްކަން ފުރަތަމަ ހުޅުވާލީ 15000 ރުފިޔާއަށެވެ. ނަމަވެސް ފަހުން ސެޕްޓެމްބަރ މަހު އަލުން ހުޅުވާލީ 12000 ރުފިޔާއަށެވެ.
ސަރުކާރު ވިއްކަން ނިންމީ އޯކިޑްމަގުގައި ހުންނަ މ. މާފަންނުއާގެ އިން ދައުލަތަށް ނަގާފައިވާ ބައިން ތިން ބިމަކާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ބިމާއި ވިލާ ކޮލެޖާ ޖެހިގެން އޮތް އެސްޓީއޯގެ ކޮންކްރީޓް މިކްސް ތައްޔާރުކުރާ ބިމުން 10 ބިމެކެވެ.
މާލެއިން ބިއްކަން ހުޅުވާލުމާއި އެކު އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެ ބިންތައް އަތުލާނެކަމަށެވެ. އަދި ބިން ވިއްކަން އުޅެނީ ދައުލަތަށް ފައިސާ ނުލިބިގެން ކަމަށެވެ.