ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް އަޙްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއިލް އަހުމަދު އިސްތިއުފާގެ ސިޓީ ހުށަހަޅާފައި ވަނީ އިއްޔެއެވެ. އެކަން ރައީސް އޮފީހުގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްމާއިލް އަހްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް އައްޔަންކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.
އިސްމާއިލް އަހްމަދު މަޤާމުން އިސްތިއުފާ ދެއްވި ސަބަބު އޮޅުންފިލުވުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.