Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ފުލުހުންގެ އަަމުރަށް ނުކިމަންވި ހިތަދޫ މީހަކު ހޯދަނީ

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކަށް ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ ހިތަދޫ ބޯށިވަލުގެ ހުސައިންދީދީ، 37، އެވެ.

އެހެންވެ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދެ އެވެ.