Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މިފްކޯ ކޮޅަށް ޖަހަން އެސްޓިއޯ އަށް 46 މިލިއަން ރުފިޔާގެ ލޯނެއް

މިފްކޯއަށް ދިމާވެފައިވާ މާލީ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެސްޓިއޯއަށް 46.3 މިލިއަން ރުފިޔާގެ ލޯނެއް ދީފިއެވެ.

މިފްކޯއަށް މާލީ ބޮޑެތި މައްސަލަ ތަކާއި ކުރިމަތިވުމާއި ގުޅިގެން އެކުންފުނި ވަނީ އެސްޓިއޯގެ ދަށައް ބަދަލުކޮށްފައެވެ.

މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިފްކޯއަށް ސަރުކާރުން ދިން ލޯނުގެ އެއްބަސްވުގައި ސޮއި ކުރީ މިކަމަށްޓަކައި ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ޝަހީރެވެ.

މިފްކޯއިން ބުނީ މި ލޯން ފައިސާއިން މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ބޭނުންކުރަމުންދާ އިންފްރާސްޓަކްޗަރ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރަށްވުރެ ގިނައިން މަސްވެރިންގެ އަތުން މަސްކިރުވާ ރައްކާކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމާއި، މަހުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މިހާރަށްވުރެ ޚަރަދު ކުޑަކޮށް މިފްކޯގެ މަސައްކަތްކުރުމަށް ބޭނުންވާ އާލާތްތައް ގަތުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ބަލަދުވެރި ކުންފުންޏެއްގެ ގޮތުގައި އެސްޓީއޯ ހަމަޖެއްސުމާއިއެކު އެސްޓިއޯގެ ފައިދާ ވަނި ބޮޑުތަނުން ދަށްވެފައެވެ.