"ދަ ތިއަރީ އޮފް އެވްރީތިންގް" ގައި ސްޓީފެން ހޯކިންގްގެ ރޯލް އަދާކޮށް އޮސްކާ އެވޯޑް ލިބިފައިވާ އެކްޓަރު އެޑީ ރެޑްމޭން އާއި އޭނާގެ އަންހެނުން ހެނާ އަށް އަނެއްކާވެސް ކުއްޖަކު ލިބެނީ އެވެ.
އުމުރުން 35 އަހަރުގެ އެޑީގެ ތަރުޖަމާނު ވަނީ އެޑީގެ އަންހެނުން ދެވަނަ ފަހަރަށް ބަނޑުބޮޑުކަން ކަށަވަރުކޮށްދީފަ އެވެ.
އެޑީ އާއި ހެނާ އަށް ލިބުނު ފުރަތަމަ ދަރިފުޅަކީ އަންހެން ކުއްޖެކެވެ. 16 މަހުގެ އައިރިސް މޭރީ އުފަންވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެޑީ އާއި ހެނާ ކައިވެނި ކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.