Last Updated: June 29, 02:43
Sunday, June 28, 2026
މުނިފޫހިފިލުވުން

"ލަޔަން ކިންގް" ގެ ކާސްޓް އިއުލާންކޮށްފި

ޑިޒްނީ އިން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ދަ ލަޔަން ކިންގް" ގެ ރީމޭކްގެ ފައިނަލް ކާސްޓް އިއުލާންކޮށްފި އެވެ.

އެންމެ ފަހުން މި ފިލްމަށް ކާސްޓް ކޮށްފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އެވެ.

މި ފިލްމްގައި ބިޔޯންސޭ އަޑުއަޅާނީ ސިމްބާގެ ލޯބިވެރިޔާ ނާލާގެ ކެރެކްޓާއަށެވެ. ބިޔޯންސޭގެ އިތުރުން މި ފިލްމްގެ ކެރެކްޓާތަކަށް އަޑުއަޅާނެ ތަރިންގެ ތެރޭގައި ޑޯނަލްޑް ގްލޯވަރ، ޖޭމްސް އާލް ޖޯންސް އަދި ޗިވެޓެލް އެޖިއޮފޯރް ހިމެނެއެވެ.

އެގޮތުން މި ފިލްމްގެ ލީޑް ސިމްބާގެ އަޑަކީ ޑޯނަލްޑް ގްލޯވާ ކަމުގައިވާއިރު، މުފާސާގެ އަޑަކީ ޖޭމްސް އާލް ޖޯންސް އެވެ. އަދި ސްކާގެ އަޑަކީ ޗިވެޓެލް އެޖިއޮފޯރް އެވެ.

ޒާޒޫ، ޕުމްބާ އަދި ޓިމޯންގެ އަޑަކީ ޖޯން އޮލިވާ، ސެތް ރޯޖެން އަދި ބިލީ އައިކްނާ އެވެ.

ރޯޖަރ އެލާސް އާއި ރޮބް މިންކޮފް ޑައިރެކްޓްކުރި "ދަ ލަޔަން ކިންގް"ގެ އޮރިޖިނަލް ފިލްމަކީ 2010 ވަނަ އަހަރާއި ހަމައަށް އެންމެ ބޮޑު ފައިދާއެއް ހޯދި އެނިމޭޓެޑް ފިލްމެވެ. އެ ފިލްމްގެ 16 އަހަރު ދުވަހުގެ ރެކޯޑް މުގުރާލި ފިލްމަކީ 2010 ވަނަ އަހަރު ނެރުނު އެނިމޭޓެޑް ފިލްމް ކަމަށްވާ "ޓޯއި ސްޓޯރީ 3" އެވެ.

"ދަ ލަޔަން ކިންގް" ގެ ރީމޭކް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 19 ޖުލައި 2019 ގައެވެ.