ރޯހިތް ޝެޓީގެ "ގޯލްމާލް އަގެއިން" އަށް ހަފްތާއެއްގެ ތެރޭގައި ބޮކްސް އޮފީހުގައި 100 ކްރޯޑް އަށްވުރެ ބޮޑު ފައިދާއެއް ލިބިއްޖެއެވެ.
ބޮކްސް އޮފީސް އިންޑިއާގެ ރަސްމީ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ވަރަށް އަވަހަށް ޝާހް ރުކް ޚާންގެ ފިލްމް "ރައީސް"ގެ ރެކޯޑް މުގުރާލުމަށްފަހު "ގޯލްމާލް އަގެއިން" 2017 ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެގެންދާނެ އެވެ. އެގޮތުން އެންމެ 13 ދުވަހުގެ ތެރޭގައި މި ފިލްމަށް ވަނީ 264 ކްރޯޑް ރުޕީސް ލިބިފައެވެ.
"ގޯލްމާލް އަގެއިން" ރިލީޒްކުރި ފުރަތަމަ ދުވަހު އެކަނިވެސް އެފިލްމަށް ވަނީ 30.10 ކްރޯޑް ރުޕީސް ލިބިފައެވެ.
މި ފިލްމުން ފެނިގެންދާ މަޝްހޫރު ބައެއް ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން، އަރްޝަދް ވާރްސީ، ޝްރެޔާސް ތަލްޕަޑޭ، ތުޝާރް ކަޕޫރް، ކުނާލް ކޭމޫ، ޕަރިނީތީ ޗޯޕްރާ، ތާބޫ އަދި ނީލް ނިތިން މުކޭޝް ހިމެނެއެވެ.
މި ފިލްމް ރިލީޒް ކުރީ މި އަހަރުގެ ދިވާލީގަ އެވެ.