Last Updated: June 29, 02:43
Sunday, June 28, 2026
މުނިފޫހިފިލުވުން

"ބްލެކް އެޑަމް" ލިޔާނީ އެޑަމް ސްޓީކިއެލް

ވޯނާ ބްރޯސް ގެ ފިލްމް "ބްލެކް އެޑަމް" ގެ ސްކްރިޕްޓް ލިޔަން އެޑަމް ސްޓީކިއެލް އާއި ހަވާލުކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން "ޑިއު ޑޭޓް" ލިޔުނު އެޑަމް އާއި ވޯނާ ބްރޯސް އިން ޝަޒަމް ވިލަން ކަމަށްވާ ބްލެކް އެޑަމްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެގެ ސްކްރިޕްޓް ލިޔަން ވަނީ ހަވާލުކުރެވިފަ އެވެ.

މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ މަޝްހޫރު ތަރި ޑްވޭން ޖޯންސަން އެވެ.

އެހެންނަމަވެސް މީގެ ކުރިން ވޯނާ ބްރޯސް އިން ފިލްމްގެ ލީޑް ރޯލް ކުޅުމަށް ޒެކަރީ ލީވައި ހަމަޖައްސާފައި ވީނަމަވެސް، ފަހުން އެ ރޯލް ވަނީ ޑްވޭން އަށް ދީފައެވެ.

"ބްލެކް އެޑަމް" އަކީ ބިލީ ބެޓްސަން ނަމަކަށް ކިޔާ ފިރިހެން ކުއްޖަކު، ޖާދޫ ބަހެއް ކަމަށްވާ "ޝަޒަމް" އަނގައިން ބުނެގެން ސުޕާހީރޯ އަކަށް ބަދަލުވާ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.