Last Updated: June 29, 02:43
Sunday, June 28, 2026
މުނިފޫހިފިލުވުން

"ފިރަންގީ" ގެ ދެވަނަ ލަވަ ރިލީޒްކޮށްފި

ކަޕިލް ޝަރްމާގެ ފިލްމް ކަމަށްވާ "ފިރަންގީ"ގެ ދެވަނަ ލަވަ ކަމުގައިވާ "ސަޖްނާ ސޯނޭ ޖިހާ" ރިލީޒްކޮށްފި އެވެ.

ޖްޔޮތީ ނޫރަން ކިޔާފައިވާ މި ލަވަ ކޮމްޕޯޒް ކޮށްފައި ވަނީ ޖަތިންދަރް ޝާހް އެވެ. އަދި މި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ ޑރ. ދެވޭންދްރަ ކާފިރް އެވެ.

"ފިރަންގީ" ގައި އަންހެން ލީޑް ރޯލް އަދާކުރާ އިޝިތާ ދައްތާ ވެސް މި ލަވައިން ފެނިގެންދެ އެވެ.

ކަޕިލްގެ ފުރަތަމަ ބޮލީވުޑް ފިލްމް ކަމުގައިވާ "ކިސް ކިސްކޯ ޕްޔާރް ކަރޫން" ވެގެންދިޔައީ ފްލޮޕް އަކަށެވެ. އެހެންނަމަވެސް އެ ފިލްމްގައި އޭނާގެ އެކްޓިން އާއި އަޅާބަލާއިރު ކަޕިލްގެ އެކްޓިން ވަނީ "ފިރަންގީ" ގައި ވަރަށް ބޮޑަށް ކުރިއަރާފައެވެ.

"ފިރަންގީ" ޑައިރެކްޓް ކޮށްފައި ވަނީ ރާޖީވް ދިންގްރާ އެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.