އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހެމް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-4 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުން ބަލިވެ ވެސްޓް ހެމްއަށް ވަނީ އަނެއްކާވެސް ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ. އަދި ލިވަޕޫލް ވަނީ މެޗުން މޮޅުވެ ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޖަހާފައިވަނީ މުހައްމަދު ސަލާހްއެވެ. ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖަހާފައިވަނީ ޑިފެންޑަރު މަޓިޕްއެވެ.
ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ވެސްޓް ހެމްއިން ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ. 55 ވަނަ މިނެޓުގައި ލަންޒީނީ ލަނޑު ޖެހުމަށްފަހު މިނެޓެއްވެސް ނުވަނީސް އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ވަނީ އޭނާގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދީފައެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖަހާފައިވަނީ އަނެއްކާވެސް ސަލާހްއެވެ. މިމެޗުން މޮޅުވެ ލިވަޕޫލް ވަނީ އާސެނަލްއާއި ޗެލްސީއާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފައެވެ. މިއަދު އާސެނަލް ސިޓީއާ ދެކޮޅަށް ނިކުންނައިރު ޗެލްސީ ނިކުންނާނީ އަމިއްލަ ދަނޑުގައި ޔުނައިޓެޑާއި ދެކޮޅަށެވެ.