Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

މެސީގެ 600 ވަނަ މެޗްގައި ބާސާ އަށް މޮޅެއް

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސެލޯނާއަށް ކުޅުނު 600 ވަނަ މެޗު ސެވީއާ ބައްދަލުކޮށް 1-2 އިން ކާމިޔާބުކޮށްފިއެވެ.

މެޗުގައި ބާސާގެ ދެގޯލުވެސް ޖަހާފައިވަނީ ފޯވާޑް އަލްކަސާރުއެވެ. އޭނާގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވަނީ 23 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އަލްކަސާރުގެ ލަނޑާއެކު 0-1 އިންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސެވީއާއިން ވަނީ ބާސާ ކޮޅަށް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހާފައިވަނީ ސެވީއާ ޓީމުގެ ޕިޒާރޯއެވެ.

ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީ 65 ވަނަ މިނެޓުގައި އަނެއްކާވެސް އަލްކަސާރުއެވެ. ދެޓީމުންވެސް ގޯލަށް ނުރައްކާކޮށް ހަމަލާ ފޮނުވަމުން ދިޔަ ނަމަވެސް މެޗުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެސީގެ 600 ވަނަ މެޗުގައި އޭނާގެ ގޯލެއް ނުފެނުނު ނަމަވެސް އޭނާވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެސީ ވަނީ 600 މެޗުން ބާސާއަށް 523 ލަނޑު ޖަހާފައެވެ. ބާސާއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް މެސީއެވެ.