Last Updated: June 29, 02:43
Sunday, June 28, 2026
މުނިފޫހިފިލުވުން

ސާރާގެ "ކެދަރްނާތު" 2019 އަށް ފަސްކޮށްފި

ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާންގެ ބޮލީވުޑަށް ނުކުންނަ ފިލްމް "ކެދަރްނާތު" އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މި ފިލްމާއި ބެހޭގޮތުން އެންމެ ފަހުން ފެންމަތިވި ރިޕޯޓްތައް ބުނާ ގޮތުން "ކެދަރްނާތް" ރިލީޒް ކުރާނީ 2019 ވަނަ އަހަރުގައެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ ފިލްމް ރިލީޒް ކުރަން އޮތީ އަންނަ އަހަރުހެ ޖޫން މަހުގެ ތެރޭގަ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމްގެ ޕްރޮޑިއުސަރު ޕްރޭރްނާ އަރޯރާ ބުނިގޮތުގައި ޓީމުން ދަނީ މި ފިލްމް 19 ޖެނުއަރީ 2019 ގައި ރިލީޒް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އުއްތަރްކަންދްގައި ކުޅެން ޖެހޭ މަންޒަރުތައް ޝޫޓް ކުރުން މިހާރު ނިންމާލާފައިވާއިރު، މި މަހުގެ ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި މުމްބާއިގައި ނަގަން ޖެހޭ މަންޒަރުތަކުގެ ޝޫޓިން ފިލްމްގެ ޓީމުން ފަށާނެ އެވެ.

ސާރާ އަލީ ޚާންގެ އިތުރުން މި ފިލްމްގެ ފިރިހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ ސުޝާންތް ސިންގް ރާޖްޕުތް އެވެ.