Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ޕެލެސް އަތުން ސްޕާސް ހަނި ގޮތަކަށް މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި މިއަދު ޓޮޓެންހަމް ހޮޓްސްޕާސް އަދި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު 0-1 އިން ސްޕާސް ކާމިޔާބުކޮށްފިއެވެ.

ތާވަލުގެ އެންމެ ފުލުގައި އޮތް ޕެލެސްއާ ދެކޮޅަށް ސްޕާސް ނިކުމެފައިވަނީ މުހިންމު ކުޅުންތެރިންނާ ނުލާއެވެ. އެގޮތުން ކީޕަރު ލޮރިސް، ޑިފެންޑަރު އަލްޑަވީލްޑާއި ބެން ޑޭވިސްގެ އިތުރުން ޑެލޭ އަލީވެސް ވަނީ އަނިޔާގެ ސަބަބުން މެޗުން ބާކީކޮށްލާފައެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ 64 ވަނަ މިނެޓުގައި ހިއު މިންގް ސޮންގެ ފަރާތުންނެވެ. މިމޮޅާއެކު ސްޕާސްވަނީ ތާވަލުގެ ދެވަނައިގައި އޮތް މެން ޔުނައިޓެޑާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. ދެޓީމަށްވެސް 23 ޕޮއިންޓު ލިބިފައިވާއިރު އަދިވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ ޔުނައިޓެޑެވެ.

ނަމަވެސް ޔުނައިޓެޑު ވަނީ އެއް މެޗު ފަހަތުގައެވެ. މިރޭ ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗު ކާމިޔާބުކުރެވިއްޖެނަމަ އަނެއްކާވެސް ސްޕާސްއަށްވުރެ ތިން ޕޮއިންޓު ކުރިއަށް ދާނެއެވެ.

އެއްވަނައިގައި އޮތް ސިޓީ މިރޭ ނިކުންނާނީ 5 ވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށެވެ.