Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

އިތުރު ސެޓަލައިޓެއް އަރުވަން އެމެރިކާ އިން ނިންމައިފި: ޝާޑް

* މާގިނައިން ޖީޕީއެސް ބޭނުންކުރާތީ ޖީޕީއެސް އުފައްދާ ކުންފުންޏަށް ވެސް ވަނީ އުނދަގޫތަކާއި ކުރިމަތިވެފައި: ޝާޑު
* ދިރާސާތަކުން ދައްކާ ގޮތުގައި އުޅަނދުތައް ފަރަށް އަރަނީ ތަރައްގީގެ މަޝްރޫއުތަކާއި ހެދި: ޝާޑު

ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ ޝާޑު.

ދިވެހިރާއްޖޭގައި ދުއްވާ އުޅަނދު ފަހަރުގައި ޖީޕީއެސް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެމެރިކާއިން ރާއްޖެ އާއި ދިމާލަށް އިތުރު ސެޓެލައިޓެއް އަރުވަން ނިންމާފައިވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ، މުޅި ދުނިޔެއަށް ބަލާއިރު ވެސް ނިސްބަތުން އެތެރޭގެ ދަތުރުތައް ކުރުމަށް އެންމެ ގިނަ އުޅަނދު ހަރަކާތްތެރިވަނީ ރާއްޖޭގައި ކަމަށެވެ.

ޝާޑު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޖީޕީއެސް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެމެރިކާގެ ޖީޕީއެސް އުފައްދާ ކުންފުނި ގަރމިން އަށް ވެސް މިހާރު ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފައި ކަމަށެވެ. އަދި ރާއްޖެ އާއި ދިމާލަށް އިތުރު ސެޓަލައިޓެއް އެރުވުމަށް އެ ކުންފުނިން ނިންމާފައި ވަނީ އެ އުނދަގޫތަކުގެ ސަބަބުން ކަމަށެވެ.

" އެމެރިކާގެ ޖީޕީއެސް އުފައްދާ ކުންފުނި ގަރިމިން އަށް ވެސް މިހާރު މިވަނީ ބޮޑު އުނދަގޫތަކާ ކުރިމަތިވެފައި މި މައްސަލަ އަކަށް ދިމާ މިވަނީ މި ރާއްޖޭގެ މިއަންނަމުންދާ ބަދަލުތަކާއި ހެދި މި ސެޓަލައިޓެއް އެކުންފުނިން އެބަޖެހޭ ރާއްޖެ އާއި ދިމާލަށް އަރުވަން" ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވި ގޮތުގައި ކުޑަ ފަޅެއް އޮތަސް ޖެހިގެން އަންނަ މަހުގައި އެތަނެއް މި އޮންނަނީ ރަށަކަށް ވެފައި ކަމަށެވެ. އަދި ބަނދަރުތައް އޮންނަ ތަން ބަދަލުވެ ދަތުރުކުރާ އުޅަނދުތައް މިސްރާބު އޮޅި ފަރަށް އަރައި އެކި ހާދިސާތައް ހިނގަމުން ގެންދާ ކަމަށް ޝާޑު ވިދާޅުވިއެވެ.

" ބަދަރު މި އޮންނަނީ ބަދަލުވެފައި ދަތުރު ކުރާ އުޅަނދު މިސްރާބު އޮޅެނީ ފަރަށް އަރަނީ، އެކިއެކި ހާދިސާ މި ގިނަވަނީ ދިރާސާތަކުން ދައްކާ ގޮތުގައި މި ތަރައްގީގެ މަޝްރޫއުތަކާއި ހެދި" ޝާޑު ވިދާޅުވިއެވެ.