Last Updated: June 29, 02:00
Sunday, June 28, 2026
ދުނިޔެ

ޓެކްސަސް ހަމަލާގައި 27 މަރު

އެމެރިކާގެ ޓެކްސަސްގެ ޗާޗް އަކަށް އާދިއްތަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި 27 މީހުން މަރުވެއްޖެ އެވެ.

މި ހަމަލާ ދީފައި ވަނީ ވިލްސަން ކައުންޓީގެ ފަސްޓް ބެޕްޓިސްޓް ޗާޗް އަށެވެ.

އެ ހާދިސާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވި ފުލުހުންގެ ކޮމިޝަނަރަކު ވަނީ މަދުވެގެން 27 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މީގެ އިތުރުން ވެސް އެތައް ބަޔަކަށް ވަނީ އަނިޔާ ލިބިފައެވެ.

އެފްބީއައި އިން ބުނާގޮތުގައި މި ހަމަލާދީފައި ވަނީ ހަތިޔާރު އަޅައިގެން ހުރި އެކަކު ކަމަށާއި، އިތުރު މީހުން މިކަމުގައި ޝާމިލްވެފައިވޭތޯ ބަލަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި ބަޑީގެ ހަމަލާ ދިން މީހާ ވެސް ވަނީ މަރުވެފައެވެ.

ޓެކްސަސްގެ ގަވަރުނަރު ކަމަށްވާ ގްރެގް އެބޮޓް ވަނީ މި ހާދިސާގައި އަނިޔާވި ހުރިހާ މީހުންނަށް ހެޔޮ ދުޢާކޮށް، ޤާނޫނު ތަންފީޒްކުރާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.