Last Updated: June 29, 02:00
Sunday, June 28, 2026
މުނިފޫހިފިލުވުން

އެލެކް ބޯލްޑްވިން ޓްވިޓާ އިން ބްރޭކެއް ނަގަނީ

އެކްޓަރު އެލެކް ބޯލްޑްވިން ވަނީ ކުޑަދުވަސްކޮޅަކަށް ޓްވިޓާ އިން ދުރަށްޖެހިލުމަށް ނިންމާފައެވެ.

އޭނާ މިކަން އިއުލާން ކޮށްފައި ވަނީ ހާވީ ވައިންސްޓައިން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެކަމާއި ބެހޭގޮތުން އޭނާ ދެއްކި ވާހަކައަށް ފަހު އެވެ.

އުމުރުން 59 އަހަރުގެ އެލެކް މި ޚަބަރު އޭނާގެ ފޭނުންނާއި ހިއްސާކޮށްފައި ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ.

ހާވީ ވައިންސްޓައިންގެ މައްސަލައިގައި އެލެކް ދައްކާފައިވާ ވާހަކައިގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒްވެފަ އެވެ.