Last Updated: June 8, 19:10
Monday, June 8, 2026
ޚަބަރު

"ރައީސް ދެކެ ލޯބި ވަނީ ގޯންޏަށް ފައިސާ އަޅާފައި ދޭތީއެއް ނޫން"

ރައީސް އަބްދުﷲ ޔާމީނަށް ސިފައިންނާއި ފުލުހުން ލޯބިޖެހެނީ އެމަނިކުފާނު ގޯނިތަކަށް އަޅުއްވާފައި ފައިސާ ދެއްވާތީ ނޫން ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެެވެ.

ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް ޔާމީނަށް ސިފައިންނާއި ފުލުހުން ލޯބި ޖެހެނީ އެމަނިކުފާނުގެ އަޚުލާގާއި ގެންގުޅުއްވާ ސިޔާސަތުތައް ހަރުދަނާ ވުމުން ކަމަށެވެ.

"ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ {މި} ޚިދުމަތުގައި އެ ތިއްބަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ގޯނި ގޯނިއަށް ފައިސާ އަޅުއްވާފައި ދެނީއެއް ނޫނޭ އިނގޭތޯ"

ޝާޑު ވިދާޅުވީ ރައީސް ޔާމީންގެ އަޚްލާޤާއި އަދަބިއްޔާތު ހުންނެވި ގޮތުން އެމަނިކުފާނަށް ސިފައިންނާއި ފުލުހުން ވެސް އިހްތިރާމް ކުރައްވާ ކަމަށެވެ. މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ފަރާތްޕުޅު އެފަދަ އަޚްލާޤެއް ފެނިގެން ގޮސްފައި ނުވާކަން ޝާޑު ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން "އަތުން ބީވެގެން ދިޔައީ" ސަލާމަތީ ބާރުތަކުގެ މައްޗަށް ޕާޓީ އެކްޓިވިސްޓުންގެ ބަސް ގަދަވެގެން ކަމަށެވެ.