މި މަހުގެ 8 ވަނަ ދުވަހު ފަށާ ފުވައްމުލަކު ކައުންސިލް ވޮލީ މުބާރާތުގައި ވާދަ ކުރާ މީދޫ ވޮލީ ޓީމްގެ ފަރިތަ ކުރުންތައް ފުވައްމުލަކުގައި ފަށައިފިއެވެ.
މީދޫ ވޮލީ ޓީމްގެ ފަރިތަ ކުރުންތައް އިއްޔެ ހަވީރު ފުވައްމުލަކު ވޮލީ ކޯޓުގައި ކުރިއަށް ގެންދިޔަ އިރު ޓީމްގެ މުހިއްމު ގިނަ ކުޅުންތެރިން ވަނީ ފަރިތަ ކުރުމުގައި ބައިވެރިވެފައެވެ.
މީދޫ ޓީމަކީ މި މުބާރާތުގައި ވާދަކުރާ ރަށުން ބޭރު ހަމައެކަނި ޓީމެވެ. އަދި މިދިޔަ އަހަރުގެ ރަނައަޕް ޓީމަކީވެސް މީދޫ ޓީމެވެ.
މިފަހަރުގެ ޓީމްގައިވެސް ޕާކިސްތާނުގެ ގައުމީ ޓީމްގެ ކުޅުންތެރިއާ އަދި އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާ ހޯދި މުރާދު ހިމެނެއެވެ. މީގެ އިތުރުން އިބްރާހިމް ޖަމާލު އަލީ ނަހީފް، ޔާސީން އަދި ފާޒިލްގެ އިތުރުން ބަޑޮސް ޔަންމާ، ފައިރޫޒު އަދި ކަރަން ހިމެނެއެވެ. ޓީމްގެ ކޯޗަކީ ގައުމީ ވޮލީ ޓީމްގެ ކޯޗު ބޮޑު ކާއްޓޭއެވެ.