ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި މަހުގެ 8 ވަނަ ދުވަހު ފަށާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓްގެ ގުރުލުން މިއަދު ބާއްވައިފިއެވެ.
މުބާރާތުގައި ފިރިހެން 6 ބައިވެރިވެފައިވާ އިރު އަންހެން 3 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމް ތަކަކީ އަފުން ޓީމް، މިސްކިތް މަގު އެންމެން، އެމްއެންޑީއެފް، ނެރެގަޑަ، ނަގަންނާމަގު އަދި މީދޫ ވޮލީ ޓީމެވެ. މުބާރާތުގެ ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އަފުން ޓީމް އާއި އެމްއެންޑީއެފްގެ އިތުރުން ނެރެގަޑަ ޓީމެވެ.

ގްރޫޕް ބީގައި ހިމެނެނީ މީދޫ ވޮލީ ޓީމްގެ އިތުރުން ނަގަންނާމަގު އާއި މިސްކިތް މަގު އެންމެންނެވެ
މުބާރާތުގައި ބައިވެރިވި އަންހެން ޓީމް ތަކަކީ ފްރެންޑްސް ކްލަބް ފުނާޑު އާއި މިސްކިތް މަގު އެންމެންގެ ގުޅުމުގެ އިތުރުން ދަނޑިމަގު ރަނިންނެވެ.
މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗްގައި ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު ހަވީރު ވާދަ ކުރާނީ އަފުން ޓީމާއި އެމްއެންޑީއެފްގެ ޓީމެވެ. އެރޭ ކުޅޭ އަންހެން ފުރަތަމަ މެޗްގައި ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ދަނޑިމަގު ރަނިންއެވެ.
މި މުބާރާތަކީ ފުވައްމުލަކު ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ ވޮލީ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ މޮޅު ކުޅުންތެރިން ފެނިގެންދާނެއެވެ.