Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ބެޓްމިންޓަން އަތޮޅު ލީގަށް ފުރުސަތު ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި މަހު ފަށާ "10 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް 2017" ގައި އައްޑޫ ތަމްސީލް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގައި ވާދަ ކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މިކަމަށް އެދޭ ފޯމް އަވަށު އޮފީސްތަކުގެ އިތުރުން ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

"10 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް 2017" ކުރިއަށް ދާނީ މާލޭގައި މި މަހުގެ 25 އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ.

މިދިޔަ އަހަރު ބޭއްވި ނުވަ އަތޮޅު ބެޑްމިންޓަން ލީގް ކާވެސް މިޔާބު ކުރީ އައްޑު އެވެ.