Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ބަޖެޓް ހުށައެޅުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށައެޅުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

މަޖިލީހުން ސީދާ އަންނަ ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާ ހާމަކޮށްފައިނުވި ނަމަވެސް ރައީސް އަބްދުﷲ މަސީހު މެމްބަރުންނަށް ފޮނުވި މެސެޖެއްގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވާނެ ކަން ވަނީ އަންގާފައެވެ.

އާންމު ގޮތެއްގައި ބުރާސްފަތި ދުވަހު މަޖިލިސް ޖަލްސާ ނުބާއްވާއިރު އެދުވަހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށައަޅާނެކަން އިތުބާރުހުރި ގޮތަކަށް "އައްޑޫލައިވް" އަށް ވަނީ އެނގިފައެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާ ބަޖެޓަކީ ކިހާ ވަރެއްގެ ބަޖެޓެއްކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މިއަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ އަހަރު ހުށައަޅާފައިވަނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިދިޔަ މަހު މަޖިލީހުން ފާސްކުރި ސަޕްލެމެންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓު ވަނީ 27.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.