Last Updated: June 16, 20:09
Tuesday, June 16, 2026
ދުނިޔެ

"ބަޣާވާތްކޮށްފާނެތީ" މުގާބޭގެ ނައިބް ރައީސް ވަކިކޮށްފި

ޒިމާމްބްވޭގެ ނައިބު ރައީސް މަނަންގާގުވާ. އޭނާ ވަނީ މުގާބޭއާއެކު 40 އަހަރު މަސައްކަތް ކޮށްފައި-

ޒިމްބާބްވޭގެ ނައިބު ރައީސް އެމަސަން މަނަންގާގުވާ ބަޣާވާތް ކޮށްފާނެތީ މަގާމުން ދުރުކޮށްފިއެވެ.

ރައީސް ރޮބާޓް މުގާބޭ މިފަދަ ފިޔަވަޅެއް ނަގާފައިވަނީ މަނަންގާގުވާ ދުރުކުރުމަށް އޭނާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ގްރޭސް މުގާބޭ ގޮވާލާފައިވަނިކޮށެވެ.

މީޑީޔާ ރިޕޯޓުތައް ބުނާ ގޮތުގައި ގްރޭސްގެ މަގުސަދަކީ ވެރިކަމުގައި އޭނާގެ ބާރުގަދަ ކުރުމެވެ. އެހެންކަމުން މުގާބޭގެ ނައިބު ރައީސަކަށް ދެން އައުމާއި އެންމެ ގާތީވެސް ގްރޭސް މުގާބޭކަމަށް ޚަބަރު ލިބެއެވެ.

އެގޮތުން މުގާބޭ ތަމްސީލުކުރާ ޒަނު ޕީއެފް ޕާޓީން އަންނަނީ އެމީހުންގެ ކޮންގްރެސްގައި ގްރޭސްއާ ނައިބު ރައީސްކަން ހަވާލުކުރަން ތައްޔާރުވަމުން ކަމަށްވެސް ބޭރުގެ މީޑިޔާތަކުން ޚަބަރު ފަތުރާފައިވެއެވެ.

މަނަންގާގުވާ ބަޣާވާތެއް ގެންނަން އުޅޭ ކަމަށް ގްރޭސް މުގާބޭ އަޑު ފަތުރާފައިވަނީ މިދިޔަ މަހުގައެވެ. އޭނާ ބުނެފައިވަނީ މަނަންގާގުވާގެ ފަހަތުގައި ތިބީ އޭނާގެ ސަޕޯޓަރުން ކަމަށާއި އެކަން ކުރުމުގެ ކުރިން އޭނާ ދުރުކުރުމަށް ގްރޭސް ވަނީ އާންމުންގެ ތެރޭގައި ގޮވާލާފައެވެ.