Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

އައްޑު އަށް ޙަތީބުން ހޯދަނީ

އައްޑު އަށް ޙަތީބުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދު ކުރާނެ ޚަތީބުން ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ މިކަމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބުނީ ލިޔުމަކުން ހުށަހަޅަން ޖެހެނީ އައްޑޫގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ކަމަށެވެ. އަދި އީމެއިލުން ވެސް ހުށަހެޅި ދާނެ އެވެެ.

އީމެއިލް އެޑްރެހަކީ [email protected] އެވެ.