Last Updated: June 8, 19:10
Monday, June 8, 2026
ޚަބަރު

އައްޑޫން ޑްރާމާ ޑައިރެކްޓަރެއް ހޯދަން އޭސީސީން އިއުލާންކޮށްފި

އައްޑޫ ސިޓީ އިން ޑްރާމާ ޑައިރެކްޓަރެއް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިއުލާންކޮށްފިއެވެ.

އޭސީސީ އިން ތަމްސީލު ޑައިރެކްޓަރެއް ހޯދަނީ ނޮވެމްބަރު 17 އިން 23 އަށް އައްޑޫގައި ބާއްވާ އިންޓެގްރިޓީ ފެސްޓިވަލްގެ ތެރެއިން ބާއްވާ ތިއޭޓަރ ފޯރަމް އަށް އެ ކޮމިޝަނުން އަންގާ ގޮތަކަށް ތަމްސީލު ތަކެއް ތައްޔާރުކުރުމަށެވެ.

އޭސީސީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ތަމްސީލަށް ބޭނުންވާ ވާހަކައަށް އެކަށީގެންވާ އަދަދަށް ބައިވެރިން ހޯދުމާއި ސްޓޭޖް ތައްޔާރުކުރުމަކީ ތަމްސީލު ޑިރެކްޓަރުގެ ޒިންމާ އެކެވެ.

އޭސީސީން މައުލޫމާތު ދޭ ގޮތުގައި ތަމްސީލު ޑައިރެކްޓަރުންގެ ގޮތުގައި އައްޑޫސިޓީގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސްކޫލްތަކުގެ ބެލެނިވެރިންގެ ޖަމްޢިއްޔާތަކާއި، އަދި އަމިއްލަ ފަރުދުންނަށްވެސް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

މިކަމާއި ގުޅޭ ގޮތުން ޕްރޮޕޯޒަލްތައް އޭސީސީއަށް ފޮނުވުމުގެ ސުންގަޑި އަކީ ނޮވެމްބަރު 12 ވަނަ ދުވަހުގެ 14:00 އެވެ.