ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދުގެ ވަގުތެއްގައި އަންގައިފިއެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ނިޒާރަށް ޗިޓު ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތިބި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
މާދަމާ މެންދުރު 14:00 ބަޔާން ނެގުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ނިޒާރަށް އަންގާފައިވާއިރު މިހާރުވެސް އިދިކޮޅު 12 މެމްބަރަކާ ދެކޮޅަށް ދައުލަތުން ވަނީ މިމައްސަލާގައި ދައުވާ ކޮށްފައެވެ.
މީގެ އިތުރުން އިދިކޮޅު 10 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ގެންދަނީ މިއީ ސަރުކާރުން އިދިކޮޅު މެމްބަރުންނަށް ބިރު ދައްކައި ޖެއްސުން ކުރުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.