އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މ.ރިވެލިގެ، މުހައްމަދު ޝަފާއު ހަސަން ހަމަޖައްސައިފިއެވެ.
ޝަފާއު އެމްއާރްޑީސީގެ އެމްޑީކަމަށް ހަަމަޖެއްސިކަން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ ޔަގީންކޮށް ދެއްވާފައެވެ.
ޝަފާއު ފާއިތުވި ފަސް އަހަރު ހޭދަކުރެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ.
އޭގެ ކުރިން އޭނާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް މެނޭޖަރުކަން އަދި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ.
އެމްއާރްޑީސީގެ އެމްޑީއަކަށް ޝަފާއު ހަމަޖެއްސިއިރު އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ނިމާލް ވަނީ މިއަހަރު ޖޫން މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ. އެމްއާރްޑީސީ އެފަހުން ހިންގީ ޑެޕިއުޓީ އެމްޑީ އަހުމަދު މަމްދޫހު (މަންޑޭ)އެވެ.