ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމުގެ އެއްވެސް އިހްސާސެއް ނުކުރެއްވޭ ކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ވަކިކުރުމުން ގޮނޑި "ގެއްލިފައިވާ" ކަމަށް އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެންބަރުގެ ތެރޭގައި މުސްތަފާ ވެސް ހިމެނިވަޑައިގަންނަވައެވެ.
Gondi gehlunu kamah feel Eh nuvey e fadha Eh ves ikhusaas Eh neh. Majilis inthihaabehves nubaavaane.
Mee RY kulhuhvaa drama eh.— Mohamed Musthafa (@Thimarafushi) November 6, 2017
ނަމަވެސް މުސްތަފާވެސް ވަނީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގޮނޑިއާމެދު އިއްވި ހުކުމުގެ ކުރިން ޕާޓީން ވަކިވިކަން ސިޓީއަކުން ޕާޓީގެ ރައީސަށް އަންގާފައެވެ.
ޕީޕީއެމުން ވަކިވި މެމްބަރުން ފޮނުވި ސިޓީތައް ބަލައިނުގަނެ ބުނެފައިވަނީ ޕާޓީގެ ސުލޫކީ ކޮމިޓީން އެމެމްބަރުންގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެންކަމުން މެމްބަރުންގެ އިސްތިއުފާ ބަލައިނުގަނެވޭނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް އިއްވި ފަހުން ޕީޕީއެމް އިން ވަނީ ބައެއް މެމްބަރުން ވަކިވިކަމަށް އަންގާފައެވެ. ޕާޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އެންގުމުން ކޮމިޝަނުން ވަނީ ވަކިވިކަމަށް އިއުލާންކުރި މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން އިއުލާންކޮށްފައެވެ.