އައްޑޫ ސިޓީ ކައުންސިލް މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.
ކޯޓުން ކައުންސިލް މައްޗަށް އަމުރު ނެރެފައިވަނީ ސ.ހިތަދޫ، ބަނަފްސާގެ، މުހައްމަދު ނަސީމް، ހިތަދޫ ސަލްޑަލްވުޑް، މުހައްމަދު ހަސަން އާއި ގެން ކޮށްފައިވާ ތުރާފިލުމުގެ ދައުވާއަކާއި ގުޅިގެން ހޯދަން ބޭނުންވާ މައުލޫމާތެއް ހޯދުމަށް ކައުންސިލަށް ފޮނުވި ސިޓީއަށް ޖަވާބު ލިބުން ލަސްވެ މައްސަލައަށް ހުރަސްއެޅިފައިވާތީއެވެ.
މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މުހައްމަދު ނަސީމް ހުށަހަޅާފައިވާ މައްސަލާއި ގުޅިގެން ބޭނުންވާ މައުލޫމާތު ހޯދުމަށް ފެބްރުއަރީ 11 ވަނަ ދުވަހު ހިތަދޫ މެޖިސްޓްރެޓް ކޯޓުން ފޮނުވި ސިޓީއަށް ޖަވާބު ނުލިބި ލަސްވެގެން އެ ސިޓީގެ ޖަވާބު އަވަސްކޮށްދިނުމަށް އެދި މާރޗް 13ވަނަ ދުވަހު އައްޑޫ ސިޓީގެ މޭޔަރއަށް އެޑްރެސްކޮށް ޖަވާބު ދިނުމަށް އެދި ސިޓީ ފޮނުވުމުންވެސް ޖަވާބެއް ދީފައި ނުވުމުގެ ސަބަބުން، އެ މައްސަލައިގެ ޝަރީއަތަށް ހުރަސްއެޅިފައިވާތީ މާޗް 19 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން 11 ފެބްރުއަރީ 2013 ގައި ފޮނުވި ސިޓީއަށް ޖަވާބެއް ދިނުމަށް ކައުންސިލް މައްޗަށް އަމުރު ކުރި ކަމަށެވެ.