މަޝްހޫރު "ފިފްޓީ ޝޭޑްސް" ފްރެންޗައިޒްގެ ތިންވަނަ އަދި އެންމެ ފަހު ފިލްމް ކަމުގައިވާ "ފިފްޓީ ޝޭޑްސް ފްރީޑް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ލިޔުންތެރިޔާ އީ.އެލް. ޖޭމްސްގެ "ފިފްޓީ ޝޭޑްސް" ފޮތްތަކުގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމް ފްރެންޗައިޒްގެ އެންމެ ފަހު ފިލްމްގެ ޓްރެއިލާ އިން ލީޑް ރޯލްތައް ކުޅޭ ޖޭމީ ޑޯނަން އާއި ޑަކޯޓާ ޖޯންސަންގެ ކައިވެނީގެ މަންޒަރުތައް ފެނިގެންދެއެވެ.
"ފިފްޓީ ޝޭޑްސް" ސީރީސްގެ ތިން ފޮތް ވެސް ވެގެންދިޔައީ ނިއު ޔޯކް ޓައިމްސްގެ ބެސްޓްސެލާ ލިސްޓްގައި ހިމެނުނު ފޮތްތަކަށެވެ.
މި ސީރީސްގެ ފިލްމްތައް ރިލީޒް ކުރަނީ ކޮންމެ އަހަރެއްގެ ވެސް ލޯބިވެރިންގެ ދުވަސް ކަމަށްވާ ވެލެންޓައިންސް ޑޭ އާއި ދިމާކޮށެވެ.
"ފިފްޓީ ޝޭޑްސް ފްރީޑް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 9 ފެބްރުއަރީ 2018 ގައެވެ.