Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ނަޝީދާ ގުޅޭ ގޮތުން މަޝްވަރާއެއް ނުކުރޭ: ޝައިނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ދިވެހި ރާއްޖެއިން އެއްވެސް ގައުމަކާއި މަޝްވަރާއެއްވެސް ނުކުރާ ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައިނީ މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ދިވެހި ސަރުކާރާއި އިންޑިޔާއާ އެމެރިކާއިން މިހާރު މަޝްވަރާކުރަމުންދަނީ ނަޝީދު އިންތިޚާބުގައި ބައިވެރިކުރުމަށް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ނަމަވެސް ފިޝަރީޒް މިނިސްޓަރު އަދި ރައީސް ޔާމީންގެ އެންމެ އަރިސް އެއް ވަޒީރު، ޑރ. ޝައިނީއަށް އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ދެބޭފުޅުންގެ ތެރެއިން ބަސް ތެދުވަނީ ކޮން ބޭފުޅެއްތޯ ބެލުމަށް ދިވެހި ރައްޔިތުން މިއަދު ވަނީ ކެތް މަދުވެފައެވެ. ނަޝީދު ވަނީ މީގެ ކުރިން އެތައް ފަހަރެއް މަތިން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.