ސަނީ ލިއޯން އާއި އަރްބާޒް ޚާން އެކުގައި ކުޅެފައިވާ ފިލްމް "ތޭރާ އިންތެޒާރް"ގެ ފުރަތަމަ ލަވަ ރިލީޒްކޮށްފި އެވެ.
"ބާބީ ގާލް" ގައި ސަނީ ފެނިގެންދަނީ ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެންހުރި ބާބީއެއްގެ ކެރެކްޓާއިންނެވެ. ރާޖް އާޝޫ ކޮމްޕޯޒްކޮށް ޝައްބީރް އަހްމަދް ލިރިކްސް ލިޔެފައިވާ މި ލަވަ ކިޔާފައި ވަނީ ސްވާތީ ޝަރްމާ އެވެ.
ރާޖީވް ވާލިއާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 24 ގައެވެ.
"ތޭރާ އިންތެޒާރް" އަކީ ރޮމޭންޓިކް މިއުޒިކަލް އެކެވެ.
މި ފިލްމްގައި އަރްބާޒް އާއި ސަނީގެ އިތުރުން ސުދާ ޗަންދްރަން އާއި ސަލީލް އަންކޯލާ އާއި ރީޗާ ޝަރްމާ އަދި ގޯހަރް ޚާންގެ އިތުރުން ހަނީފް ނޮއިޑާ އާއި ބާނީ ސިންގް އަދި އާރްޔާ ބައްބަރް ވެސް ޙަރަކާތްތެރިވާނެ އެވެ.