Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ހައި އެޗީވާސް ސްކޯލަޝިޕަށް ފުރުސަތު ހުޅުވާލައިފި

އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން ސްކޯލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ނިމިދިޔަ މޭ/ޖޫން އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން "އޭ" ފާސް ހާސިލުކުރި ދަރިވަރުންނަށް ހައި އެޗީވާސް ސްކޯލާޝިޕަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި ސްކޯލާޝިޕް ދެވޭނީ ކްގެ ގައުމުތަކުގެ އިތުރުން މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް އަދި ޗައިނާގަ އެވެ. ނަމަވެސް މީގެ ކުރިން ހައި އެޗީވާސް ސްކޯލާޝިޕް ލިބޭ ދަރިވަރުން އިޚުތިޔާރު ކުރާ ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބެއެވެ.

މިފަހަރު ސްކޯލާޝިޕަށް ގެނައި އިސްލާހުގެ ސަބަބުން ޑީއެޗްއީ އިން ކަނޑައަޅާ ގައުމުތައް ފިޔަވާ އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭނީ ސްކޮލާޝިޕް ލިބުނު ފަރާތުން އިޚްތިޔާރުކުރި ކޯސް، ޑީއެޗްއީ އިން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ގައުމެއްގައި ހެދުމަށް ހިނގާ ޚަރަދާ އެއްވަރު ނުވަތަ އެއަށްވުރެ ހެޔޮ އަގުގައި ކިޔެވޭނަމައެވެ.

އިތުރުވާ ޚަރަދެއް ޑީއެޗްއީ އިން ދޭ ސަޕްލިމެންޓްރީ ލޯނުގެ ތެރެއިން ދަރިވަރު ދައްކަން، ނުވަތަ އަމިއްލަ ފައިސާ އިން އެ ޚަރަދާ ޒިންމާވާނެކަމުގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ލިސްޓުގައި ނުހިމެނޭ ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.