Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ފިލައިގެން އުޅުނު ހުޅުދޫ އަންހެން ކުއްޖާ ފެނިއްޖެ!

މި މަހުގެ 16 ވަނަދުވަހުގެ ރެއިން ފެށިގެން ފިލައިގެން އުޅުނީ ހުޅުދޫ ފަނަރަ އަހަރުގެ އަންހެން ކުއްޖާ ޢާއްމުންގެ އެހީތެރިކަމާއެކު ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ޝަބާ ޢަލީ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވަނީ މިއަދުގެ 1523 ހާއިރު ޢާއްމުފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާ ގުޅިގެން އޭ. ޑީ. ކޭ. ހޮސްޕިޓަލް ދޮރުމަތިން ޓެކްސީއަކުން ފޭބި ވަގުތެވެ.

މިފަދަ ކަންކަމުގައި ޢާއްމު ފަރާތްތަކުން ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ޝުކުރު ދަންނަވައެވެ.