މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅާ ބްރިޖަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް އިއްލާންކޮށްފިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނީ ބްރިޖަށް ކިޔާ ނަން ވާންޖެހޭނީ ދިވެހި ރާއްޖެ އާއި ޗައިނާ ރަމްޒުކޮށްދޭ ނަމަކަށް ކަމަށެވެ.
އެގޮތުން ނަމުގެ އަކުރު ނުވަ އަކުރަށް ވުރެ ދިގު ނުވުމާއި ނަން ކިޔަން ފަސޭހަ ވާން ޖެހޭނެކަމަށް އެކަޑަމީގެ އިއްލާންގައިވެއެވެ.
ބަހުގެ އެކަޑަމީން ކުރި އިއުލާނުގައިވާ ގޮތުން ނަން ހުށައަޅާ ކޮންމެ ބައިވެރިއަކަށްވެސް ގިނަވެގެން ހުށައެޅޭނީ ތިން ނަމެވެ. ނަންތައް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަން ހުށައަޅާ ފަރާތަކަށް އެ އެކަޑަމީއިން ހާއްސަ އިނާމާއި ޝަރަފުގެ ފިލައެއް ދިނުމައް ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން ބުނެއެވެ.
ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 13:30 އާ ހަމައަށެވެ.