Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އޭސީޕީ ޖަމްޝީދުގެ މަގާމު ދަށްކޮށްފި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު -- ސަން ފޮޓޯ:

އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ މަގާމު ދަށް ކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމްޝީދުގެ މަގާމު ޗީފް ސްޕްރިންޓެންޑެއްޓެއްގެ މަގާމަށް ބަދަކު ކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމާފައެވެ.

ޖަމްޝީދު ކުރިން ހުންނެވީ އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމުގައެވެ. އޭނާ އެމަގާމުން ވަކި ކުރީ މިދިޔަ މަހުއެވެ.

ޖަމްޝީދު ޑީމޯޓްކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫއަށް ބަދަލު ކުރުމަށްވެސް ވަނީ ނިންނާފައެވެ. ނަމަވެސް މިވަގުތު ޖަމްޝީދު ހުންނެވީ ޗުއްޓީގައެވެ.

ފުލުހުންގެ އިސް ބައެއް މަގާމުތަކަށް މިފަހުން މިވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ.