Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އުދުހޭ ޓެކްސީ އުފައްދަން އޫބާ އާއި ނާސާއިން އެއްބަސްވުމަކަށް

ކާމިޔާބު ޓެކްސީ ކުންފުނި ކަމަށްވާ އޫބާ އިން ވަނީ ނާސާ އާއިއެކު އުދުހޭ ޓެކްސީ އުފެއްދުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މީގެ ކުރިން "އޫބާއެއާ" ތަޢާރަފް ކުރަން ހަމަޖައްސާފައި ވަނީ ޑެލަސް ފޯޓްވާތު އާއި ޓެކްސަސް އަދި ދުބާއިގަ އެވެ. މިހާރު އެ ލިސްޓަށް އެމެރިކާގެ ލޮސް އެންޖެލިސް ވެސް ވަނީ އިތުރުކޮށްފަ އެވެ.

އެމެރިކާގައި އެންމެ ކާރު ގިނަ ސްޓޭޓްތަކަކީ ކެލިފޯނިއާ އާއި ޓެކްސަސް އެވެ.

މި އެއްބަސްވުމުގެ ދަށުން މަތިންދާ ޓެކްސީތައް އެމެރިކާގެ ބައެއް ސިޓީތަކުގައި 2020 ވަނަ އަހަރާއި ހަމައަށް ޤާއިމް ކުރެވިގެންދާނެ އެވެ.

އެންމެ ފުރަތަމަ ޓެސްޓް ފްލައިޓްތައް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުން ފެށިގެން އާންމުކޮށް އެ ޚިދުމަތް ހުޅުވާލެވޭނެ އެވެ.

ފުރަތަމަކޮޅު ފްލައިޓްތަކުގައި ޕައިލަޓުން ތިބޭނެއެވެ. އެހެންނަމަވެސް މުސްތަޤްބަލުގައި ފްލައިޓްތައް އޮޕަރޭޓް ކުރާނީ މުޅިން އޮޓޮމެޓިކުން ކަމުގައި ތަރުޖަމާނު މެތިއު ވިންގް ވަނީ ބުނެފައެވެ.

ލޮސް އެންޖެލިސްގެ އެއާޕޯޓުން ސްޓޭޕަލްސް ސެންޓާ އެރީނާ އަށް އޫބާއެއާ ގައި 27 މިނެޓް ތެރޭގައި ދެވޭނެ އެވެ. އެއްގަމު ޓެކްސީގައި އެ ދަތުރަށް ނަގާ ވަގުތު ތިން ގުނައަށް އިތުރުވާނެ އެވެ.

އޫބާއެއާ ވެގެންދާނީ ފަސޭހަ، ރައްކާތެރި އަދި އަގުހެޔޮވުމުގެ އިތުރުން ތިމާވެށްޓާއި ރައްޓެހި ޚިދުމަތަކަށެވެ.