އަމީތާބް ބައްޗަން އަކީ ބޮލީވުޑް އަށް ތަޢާރަފްވި ދުވަހުން ފެށިގެން ހިންދީ ސިނެމާގައި އެންމެ ފުންނާބު އުސް އަދި އެންމެ ނުފޫޒްގަދަ އެއް ތަރި އެވެ.
އެގޮތުން ދާދިފަހުން އަމީތަބް ވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމަށް 48 އަހަރު ފުރުން ފާހަގަ ކޮށްފައެވެ.
ޓްވިޓާގައި ބްލެކް އެންޑް ވައިޓް ފޮޓޯއެއް ޝެއާ ކުރަމުން އަމީތާބް ވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމް ކަމުގައިވާ "ސާތް ހިންދުސްތާނީ" ރިލީޒްވިތާ 48 އަހަރުވެއްޖެކަން ހާމަކޮށްފަ އެވެ.
T 2704 – 'SAAT HINDUSTANI' my first film completes 48 years !! Signed on 15th Feb 1969, released on 7th Nov 1969 !! pic.twitter.com/YeTdDx1jG0
— Amitabh Bachchan (@SrBachchan) November 7, 2017
"ސާތް ހިންދުސްތާނީ" ރިލީޒް ކޮށްފައި ވަނީ 7 ނޮވެމްބަރު 1969 ގައެވެ.