ވަރަށް އަވަހަށް ޖޯން އަބްރަހަމް އާއި މަނޯޖް ބާޖްޕާއީ އެކުގައި ފިލްމަކުން ފެންނާނެ ކަމުގެ ވާހަކަތައް މީޑިއާގައި ދެކެވެން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ލިޔުންތެރިޔާ އަދި ޑައިރެކްޓަރު މިލަޕް ޒާވޭރީގެ ތްރިލާ ފިލްމެއްގެ ލީޑް ރޯލް ކުޅުމަށް ޖޯން އާއި މަނޯޖް ވަނީ އެއްބަސްވެފަ އެވެ.
މިއީ 'ސަސްޕެންސް ތްރިލާ' ދާއިރާއިން މިލަޕް ފިލްމެއް ޑައިރެކްޓް ކުރާނެ ފުރަތަމަ ފަހަރެވެ. މި ފިލްމްގެ ސްކްރިޕްޓް މިހާރު ލިޔަމުންދާއިރު، ފިލްމްގެ ކާސްޓްގައި ބައިވެރިވާނެ އެހެނިހެން ތަރިންނަކީ ކޮބައިކަން އަދި ހާމަނުކުރެއެވެ.
ޖޯން އަބްރަހަމްގެ ފިލްމް "ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޯޚްރަން" ވަރަށް އަވަހަށް ސިނެމާތަކަށް އަންނާނެ އެވެ.
މަނޯޖް ބާޖްޕާއީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ފިލްމް "ރުކް" އިންނެވެ.