Last Updated: June 19, 21:49
Friday, June 19, 2026
ކުޅިވަރު

ދަނޑިމަގު ރަނިން ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓް"ގައި ރޭ ކުޅުނު އަންހެން ޑިވިޝަން ދެވަނަ މެޗު ދަނޑިމަގު ރަނިން ކާމިޔާބް ކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ސެޓް 25،15 އިން ގެންދިޔައީ ފްރައިންޑްސް ކްލަބް ފުނާޑެވެ.
ދެވަނަ ސެޓު 21،25 އިން ވެސް ގެންދިޔައީ ފުނާޑު ޓީމެވެ. ނަމަވެސް ތިންވަނަ ސެޓުން ފެށިގެން ދަނޑިމަގު ޓީމްގެ ކުޅުން ރަނގަޅުކޮށް އެސެޓް ދަނޑިމަގުން ގެންދިޔައީ 18،25އިންނެވެ. ހަތަރު ވަނަ ސެޓު 17،25އިން ގެންދިޔައިރު ފަސްވަނަ ސެޓު ގެންދިޔައީ 10،15އިންނެވެ.

މި މެޗްގައި ދަނޑިމަގު ރަނިން ޓީމްގެ ނިރްމަލާގެ ބާރު ޖެހުންތައް ފެނިގެން ދިޔައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ނިރުމަލާއެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ފިރިހެން ޑިވިޝަން މެޗެކެވެ. ބައްދަލު ކުރާނީ ގްރޫޕް އޭގެ ފުރަތަމަ މެޗް ކާމިޔާބް ކުރި އަފުން ޓީމާއި ނެރެގަޑަ ޓީމެވެ.