Last Updated: June 28, 23:46
Sunday, June 28, 2026
މުނިފޫހިފިލުވުން

"ފެނީ ހާން" އަންނަ އަހަރުގެ ފިތުރު އީދުގައި

އައިޝްވާރްޔާ ރާއި ބައްޗަން މިހާރު މަސައްކަތް ކުރަމުންދަނީ ރަކްޔޭޝް އޯމްޕްރަކާޝް މެހެރާގެ "ފެނީ ޚާން" ގައެވެ.

އޭޝްގެ އިތުރުން މި ފިލްމުން އަނީލް ކަޕޫރް އާއި ރާޖްކުމާރް ރާއޯ ވެސް ފެނިގެންދާނެ އެވެ.

މި ފިލްމް އުފައްދާ ޕްރޮޑަކްޝަން ކުންފުނީ ކަމަށްވާ ކްރިއަރްޖް އެންޓަޓެއިންމެންޓް އިން ދާދިފަހުން އިއުލާން ކޮށްފައިވާ ގޮތުގައި "ފެނީ ޚާން" ރިލީޒް ކުރާނީ 15 ޖޫން 2018 ގައެވެ.

ކަންދިމާކުރާ ގޮތުން އަންނަ އަހަރުގެ ފިތުރު އީދު ދުވަސް އިންޑިއާގައި ފާހަގަކުރާނީ ވެސް ޖޫން 15 ގައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ސަލްމާން ޚާންގެ "ރޭސް 3" ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރުގެ އީދުގައެވެ.

މީގެ އިތުރުން "ރޭސް 3" ގެ ކާސްޓަށް އަނީލް ކަޕޫރް ވެސް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މި ދެ ފިލްމް އެކުގައި ނެރެފިނަމަ، ބޮކްސް އޮފީހުގައި ކުރިއަށް ދާނީ ވަރަށް ވާދަވެރިކޮށެވެ.