Last Updated: June 29, 02:00
Sunday, June 28, 2026
މުނިފޫހިފިލުވުން

ޖޭމްސް ބޮންޑް ވިލަން ކެރިން ޑޯ މަރުވެއްޖެ

1967 ވަނަ އަހަރުގެ ޖޭމްސް ބޮންޑް ފިލްމް "ޔޫ އޮންލީ ލިވް ޓްވައިސް" ގައި ވިލަން ހެލްގާ ބްރެންޓްގެ ބައި ކުޅުނު އެކްޓްރެސް ކެރިން ޑޯ މަރުވެއްޖެ އެވެ.

އޭނާ މަރުވިއިރު އުމުރަކީ 79 އަހަރެވެ.

އެނގިފައިވާ ގޮތުގައި ކެރިން މަރުވީ ނޮވެމްބަރު 6 ވީ ހޯމަ ދުވަހު އުމުރުން ދުވަސްވީ މީހުން އުޅޭ ހިޔާއެއްގަ އެވެ.

ކެރިން ވަނީ އެލްފްރެޑް ހިޗްކޮކްގެ ފިލްމް "ޓޯޕެޒް" ގައި ވެސް މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ކެރިން ވަނީ އޭނާގެ ކުރީ ފިރިމީހާ ހެރާލްޑް ރައިންލްގެ ޑައިރެކްޝަން "ދަ އިންވިޒިބަލް މެބިއުޒް" ގައި ކްރިސްޓޮފަރ ލީ އާއެކު މަސައްކަތް ކޮށްފައެވެ.

ކެރިން ވަނީ އޭނާގެ ދިރިއުޅުމުގެ ފަހު ދުވަސްތައް ހޭދަކޮށްފައި ވަނީ ވަރަށް މަދު ފިލްމްތަކާއި ޖަރުމަނުގެ ތިއޭޓަރުގައި މަސައްކަތް ކުރުމުގައެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު ނެރުނު ޖާމަން ފިލްމް ކަމަށްވާ "ދަ މިސްޕްލޭސްޑް ވޯލްޑް" އިންނެވެ.