Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އަފުން ޓީމް ދެވަނަ މެޗް ވެސް ކާމިޔާބުކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓް"ގައި ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން އަފުން ޓީމާއި ނެރެގަނޑަ ޓީމް ބައްދަލު ކުރި މެޗް 3-1 ސެޓުން އަފުން ޓީމް ކާމިޔާބް ކޮށްފިއެވެ.

މެޗްގެ ފުރަތަމަ ސެޓު އަފުން ޓީމުން ގެންދިޔައީ 22،25 އިންނެވެ. ދެވަނަ ސެޓު ނެރެގަނޑަ ޓީމުން ގެންދިޔައީ 20،25އިންނެވެ. ނަމަވެސް ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓުގެ ކުޅުން ރަނގަޅުކޮށް އަފުން ޓީމުން ވަނީ ކާމިޔާބް ކޮށްފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ އަފުން ޓީމްގެ އިސްމާއިލް ސާޖިދުއެވެ.

މި ނަތީޖާ އާއި އެކު ގްރޫޕް އޭގެ އެއްވަނަ ޓީމަކީ އަފުން ޓީމެވެ.

މިރޭ ކުޅޭނީ އަންހެން ޑިވިޝަން މެޗެކެވެ. ބައްދަލު ކުރާނީ ފްރެންޑް ކްލަބު ފުނާޑު އާއި މިސްކިތް މަގު އެންމެންގެ ގުޅުމެވެ.

މާދަމާ ހަވީރު ކުޅޭނީ ގްރޫޕް ބީގެ މީދޫ ޓީމާއި މިސްކިތް މަގު އެންމެންގެ ގުޅުމެވެ.