Last Updated: June 8, 19:10
Monday, June 8, 2026
ޚަބަރު

ސަނީ ސްޓޯރް: ހިތަދޫގެ ސަޅި ފިހާރައެއް

ސަނީ އެންޓަޕްރައިސް އިން އައްޑޫގައި އަލަށް ހުޅުވި ފިހާރަ.

ރާއްޖޭގައި ތިއްބެވި ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި އެންމެ ގިނައީ، އައްޑޫ މީހުންނެވެ. އެހެން ނަމަވެސް އެމީހުންގެ ވިޔަފާރިތައް މާލޭގައި ހިންގާއިރު އައްޑޫގައި އިންވެސްޓްމަންޓްތައް ނުކުރާތީ ގިނަ ބަޔަކު އޭގެ ޝަކުވާ ކުރެއެވެ. ހަމަ ޔަޤީނުން ވެސް ސ.ހިތަދޫ އަށް ނިސްބަތްވާ، ސަނީ އެންޓަޕްރައިސް އާއި ބެހޭގޮތުން އެވާހަކަ އެއް ނުދެއްކޭނެއެވެ.

އެކުންފުނީގެ ފަރާތުން ހިތަދޫ ބޮޑުމަގުގައި މިމަހުގެ 8 ވަނަ ދުވަހު ހުޅުވި ހިތްގައިމު ފިހާރަ އޭގެ ހެއްކަކަށް ފުދޭނެއެވެ. ފިހާރައިގެ އިންޓީރިއާ ޑިޒައިނިން ވެސް އެހާ ފުރިހަމައެވެ. ވިއްކަން ހުރީ މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުރި އެންމެ ކޮލިޓީ ޕްރޮޑަކްޓްތަކެވެ. އަގުގެ ވާހަކަ ހެއްޔެވެ؟ މާލެއިން ގަނެގެން ގެނައުމަށް ވުރެ ޖީބަށް ލުއި ވާނެއެވެ.

ސަނީ އެންޓަޕްރައިސް އިން ބުނާ ގޮތުގައި، އެކުންފުނިން އައްޑޫގައި އަލަށް ހުޅުވި ފިހާރައިން ވިއްކާނީ، މުޅިން ވެސް ކުންފުނިން އެތެރެކުރާ ޕްރޮޑަކްޓްތައް ކަމަށެވެ.

"އައްޑޫގައި މިހުޅުވި ފިހާރަ އާއި އެކު ސަނީން އެތެރެކުރާ ހުރިހާ ޕްރޮޑަކްޓެއް އައްޑޫން ލިބޭނެ. މިއީ މިވަގުތު ބާޒާރުގައި ހުރި އެންމެ ކޮލިޓީ އުފެއްދުންތައް. ކުންފުނިން އެންމެ އިސްކަންދޭ ކަމަކީ މާކެޓަށް ނެރޭ ޕްރޮޑަކްޓްތަކުގެ ކޮލިޓީ."

1993 ވަނަ އަހަރުން ފެށިގެން ސަނީ އެންޓަޕްރައިސް އިން އައްޑޫގައި ކާބޯތަކެތީގެ ހޯލްސޭލް ވިޔަފާރި ކުރަމުން އަންނައިރު އަދިވެސް ބަދަލު ނުވާ އެއްކަމަކީ އެ ވިޔަފާރި އަށް އައްޑޫ ރައްޔިތުން ކުރާ އިތުބާރެވެ. 24 އަހަރު ވަންދެން ކަންމަތީ ފިހާރަތަކުގެ ސޭޓުންނާއި އައްޑޫގެ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަކީ ފަސޭހަ ނުވިޔަސް، ސަނީ އެންޓަޕްރައިސް އިން މިވަނީ އެކަން ކޮށްފައެވެ.

އޭގެ ސިއްރަކީ، އެމީހުންނަށް ސަނީ އެންޓަޕްރައިސް އިން ވެދެމުންދާ އެހީތެރިކަމެވެ. ކްރެޑިޓަށް މުދާ ދޫކުރުމުގެ އުސޫލާއި، ޑެލިވަރީ ޚިދުމަތް ފުރިހަމަވުމެވެ. ބައެއް ރީޓެއިލަރުންގެ ބަހުރުވައިން ނަމަ އެމީހުން "ފެލަން" ނޫޅުމެވެ.

ސަނީ އެންޓަޕްރައިސްގެ ވިޔަފާރި އައްޑޫގައި ފެށީ ކުޑަ "ތަންކޮޅެއްގައި" ހިންގަން ފެށި ފިހާރައަކުންނެވެ. އެއަށް ފަހު ސަނީ އެންޓަޕްރައިސްގެ ހޯލްސޭލް ވިޔަފާރި އައްޑޫގައި ފުޅާކޮށްލީ، ހިތަދޫ ބަނދަރު ސަރަހައްދުގައި ގުދަނަކާއި އެކު އެކުންފުނިން ހުޅުވި ސަނީ ސްޓޯރުންނެވެ.


ސަނީ ސްޓޯރާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރީޓެއިލަރުން ފިހާރަ ބަންދުކޮށްފައި މުދާ ގަންނަން މާލެ ދާން ޖެހުން ނިމުމަކަށް ގެނައެވެ. ފިހާރައިގައި ހުރެ އޯޑަރުކޮށްލީމާ އިރުކޮޅަކުން އެ މުދާ ލިބޭނެ ކަމުގެ ޔަގީންކަން ރީޓެއިލަރުންނަށް ސަނީން ދެއެވެ.

އެންމެ ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން މުދާ ގަނެގެން ހޯލްސޭލް ކުރަން ފެށި ނަމަވެސް މިއަދު ސަނީ އެންޓަޕްރައިސް އިން 80 އަށް ވުރެ ގިނަ ޕްރޮޑަކްޓް ރާއްޖޭގެ މާކެޓަށް ސަޕްލައި ކުރެއެވެ. މާލޭގައި އެ ކުންފުނީގެ 2 ފިހާރައެއް ހިންގާއިރު، ކުންފުނީގެ އަމާޒަކީ އަދިވެސް އިތުރު ޕްރޮޑަކްޓްތައް ރާޢްޖޭގެ މާކެޓަށް ނެރެ ވިޔަފާރި އިތުރަށް ފުޅާކުރުމެވެ.

އެހެން ނަމަވެސް، އެ ޕްރޮޑަކްޓްތައް ނެރުމުގައި ސަނީ އެންޓަޕްރައިސް އިން އެންމެ ބޮޑު ސަމާލުކަމެއްދޭ ކަމަކީ، އޭގެ ކޮލިޓީއެވެ. ކޮލިޓީ ދަށް ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރުމަކީ އެކުންފުނިން ބޭނުންވާ ގޮތެއް ނޫނެވެ. ފާއިތުވި 24 އަހަރު ދުވަހު ވެސް ސަނީން ވަނީ އެކަން ސާބިތުކޮށްދީފައެވެ.

ސަނީ އެންޓަޕްރައިސް އިން މައުލޫމާތު ދޭ ގޮތުގައި ކުންފުނިން އެތެރެކުރާ އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވި ނަމަވެސް ކުރިއެކޭ އެއްގޮތަށް ބަނދަރުމަތީގައި ހުންނަ ފިހާރައިން ވެސް ހޯލްސޭލް ކުރާނެ އެވެ.